ރިންގް ރޯޑު ހަދާފައިވަނީ ކުރިޔަށްވުރެ ތިރިކޮށް: ޑރ. މުއިއްޒު
މާލޭގެ ރިންގް ރޯޑު ހަދާފައިވަނީ ކުރިން ހުރި ވަރަށްވުރެ ތިރިކޮށް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ ރިންގް ރޯޑު ހަދާފައިވަނީ ކުރިޔަށްވިުރެ އުސްކޮށް ކަމަށް މާލޭގެ މޭޔަރު ޝިފާ މުހައްމަދާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެފައިވަނިކޮށް އެކަމަށް ރައްދު ދެއްވައި މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
މުއިއްޒުގެ ޓުވީޓުގައި ވިދާޅުވީ ހަގީގަތަކީ ރިންގް ރޯޑު ހަދާފައިވަނީ ކުރިއަށްވުރެ ތިރިކޮށްކަން އެމަގުގެ ޕޭމަންޓް ލެވެލްއާއި ފާރުގައި ކުރިންސުރެ ހުރި ކުލަ ހުއްޓިފައި ހުރި ލެވެލްއަށް ބަލައިލުމުންވެސް ސާފުވާނެ ކަމަށެވެ.
RingRoad hadhaafaivany kuriyavure uskohkamah Mayor @etna295 ithurun Minister @MariyaDidi ves vanee vidhaalhuvefa.Hageegathaky RingRoad hadhaafaivanee kuriyahvure thirikohkan.Mikan emaguge pavement level aa faaruga kureessure huri kula huttifa huri levelah balaalumunves saafuvaane pic.twitter.com/Gq3QG0WNd7
— Dr Mohamed Muizzu (@MMuizzu) July 24, 2019
ރިންގް ރޯޑު ހެދީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުންނެވެ. މިސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން ރިންގް ރޯޑު ހަދާފައިވާ ގޮތާއި މެދު ގެންދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން މާލޭގައި ފެންބޮޑުވުމުގެ މައްސަލަ ކުރިމަތިވަނީ ރިންގް ރޯޑު ހަދާފައިވާލެއް އުސްކަމުން ކަމުން ކަމަށް ދަނީ ބުނަމުންނެވެ.
ނަމަވެސް ޑރ. މުއިއްޒު ވަނީ އެކަން ދޮގު ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް