ރިޔާސީ އިންތިހާބުގައި ވާދަކުރަައްވާނެ، ވޯޓް ކަރުދާސްކޮޅުގައި ނަން އޮންނާނެ: ޔާމީން
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ދެން އަންނަ ރިޔާސީ އިންތިހާބެއްގައި ވާދަކުރައްވާނެ ކަމަށާ އިންތިހާބުގައި ރައްޔިތުންގެ އަތަށް ލިބޭ ކަރުދާސްކޮޅުގައި އެމަނިކުފާނުގެ ނަން އޮންނާނެ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ޔާމީން މިހެން ވިދާޅުވީ އެމަނިކުފާނުގެ ޕީއެންއެފްގެ ފުރަތަމަ ގައުމީ ޖަލްސާގަ އެވެ. އެ ޖަލްސާގައި ޕާޓީގެ ރައީސްގެ މަގާމަށް ޔާމީން ވަނީ އިންތިހާބުކޮށްފަ އެވެ.
އިންތިހާބަށް ފަހު ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ސިޔާސީ މަސައްކަތްޕުޅަށް ހުރަސް އަޅަން ސަރުކާރުން މަސައްކަަތް ކުރަމުންދާ ކަަމަށެވެ. ނަމަވެސް އެ މަަސައްކަތްޕުޅުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރައްވާނެ ކަމަށެވެ. އަދި އެ އިންތިހާބުގައި ރަައްޔިތުންގެ އަތަށް ލިބޭ ވޯޓް ކަރުދާސްކޮޅުގައި އެމަނިކުފާނުގެ ނަން އޮންނާނެ ކަމަށް ވިދާޅުވެ ސަޕޯޓަރުންނަށް އެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

މިހާރުވެސް ކޯޓްތަކުގައި އެމަނިކުފާނުގެ މައްސަލަތައް ކުރިއަށްގެންދާކަން ފާހަގަ ކުރައްވާ ރައީސް ޔާމީން ވަނީ އެ މައްސަލަތަކުން ސަލާމަތްވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމުގައި ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް