ހެނދުނުގެ ނާސްތާއާއި އެކު ދިރާސީ އާ އަހަރު ފެށިއްޖެ
ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމްއާއި އެކު 2019 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށިއްޖެއެވެ.
މިއަދު ހެނދުނުގެ ދަންފަޅީގައި ރާއްޖޭގެ 25 ސްކޫލެއްގައި ޕައިލެޓް ޕްރޮގްރާމްގެ ދަށުން ހެނދުނުގެ ނާސްތާ ވަނީ ދީފައެވެ. އޭގެ ތެރޭގައި މާލެއިން އަމީނިއްޔާ ސްކޫލްވެސް ހިމެނެއެވެ.
އަމީނިއްޔާ ސްކޫލްގައި މިއަދު އޮތް ނާސްތާ ނެގުމުގައި ނައިބު ރައީސް ފައިސަލް ނަސީމް އަދި އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.
މި އަހަރު ރާއްޖޭގެ ގިނަ ސްކޫލްތަކުގައި އެއް ދަންފަޅިއަށް ކިޔަވައިދޭން ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ. ރާއްޖޭގެ އެކި ސްކޫލްތަކުގައި މިއަހަރު 70000 އަށްވުރެ ގިނަ ދަރިވަރުން ކިޔަވާނެއެވެ.
2019 ވަނަަ އަހަރުގެ ދިރާސީ އަހަރު ފެށުނު އިރު ގިނަ ސްކޫލްތަކުގައި ކުދިންނަށް ބޭނުންވާ ޓީޗަރުން ހަމަވެފަައިވާކަމަށް މައުލޫމާތުލިބެއެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް