އެމްއެމްޕީއާރްސީގެ މުވައްޒަފުންނަށްވެސް މެޓާނިޓީ ލީވް އިތުރުކޮށްފި
ސަރުކާރު މުވައްޒަފުންގެ މެޓާނިޓީ އަދި ޕެޓާނިޓީ ލީވް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމަށް އެއްބާރުލުން ދިނުމުގެ ގޮތުން އެމްއެމްޕީއާރްސީގެ މުވައްޒަފުންނަށްވެސް މެޓާނިޓީ އަދި ޕެޓާނިޓީ ލީވް ދޭން ފަށައިފިއެވެ.
މިކަން ހާމަކޮށް އެމްއެމްޕީއާރްސީން ވަނީ ބަޔާނެއް ނެރެފައެވެ.
މި ބަޔާނުގައި ބުނީ ރައީސް ސޯލިހްގެ އެ ނިންމުމަށް އެއްބާރުލުން ދިނުމުގެ ގޮތުން އެ ކޯޕަރޭޝަނުގައި ވަޒީފާ އަދާކުރާ އަންހެނުން މުވައްޒިފުންނަށް ހަ މަސް ދުވަސް އަދި ފިރިހެން މުވަށްޒިފުންނަށް އެއް މަސް ދުވަހުގެ މެޓާނިޓީ ލީވް އިތުރުކޮށްފައިވާ ކަމަށެވެ.
މުސާރައާ އެކު މޭޓާނިޓީ ލީވް ދިނުމަށް ފާސްކޮށްފައި ވަނީ އެ ކޯޕަރޭޝަނުންގެ ގަވަރނިންގް ބޯޑުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް