14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
މާލެއިން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން މިރޭ ހާމަކުރެއްވި ގޮތުގައި ތ. މަޑިފުށި / ނައިޓްރޯސް، ޢާއިޝަތު ޒޯޔާ ފިކުރީ (14އ) އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އެކުއްޖާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އެގޮތުން ޒޯޔާ އެންމެ ފަހުން ފެނިފައިވަނީ މެއި 21 ވަނަ ދުވަހު، އެކުއްޖާ މިހާރު މާލޭގައި ދިރިއުޅޭ ގެއިން ކަމަށް އާއިލާއިން މައުލޫމާތު ދޭ ކަމަށް ކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން ވަނީ އެކުއްޖާގެ ފޮޓޯވެސް މީސް މީޑިއާގައި ހިއްސާކޮށްފައެވެ.
ޢާއިޝަތު ޒޯޔާ ފިކުރީގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންނަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް