ތުލުސްދޫ ދާއިރާއަަށް ބެންޖޯ ވާދަކުރަނީ
މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ތުލުސްދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުުރުމަށް އަހުމަދު ފާތިހު (ބެންޖޯ) ނިންމައިފިއެވެ.
ބެންޖޯ މިކަން އިއުލާންކޮށްފައިވަނީ ޓްވިޓަރ މެެދުވެރިކޮށެވެ.
ފާތިހު ބުނީ ކ.ހުރާ،ތުލުސްދޫ،ހިންމަފުށި އަދި ދިއްފުށީގެ ރައްޔިތުން އެދިތިބީ ރައްޔިތުންނާއި ގާާތުން ހިދުމަތްކޮށްދޭނެ މެންބަރަކަށް ކަމަށެވެ. އެހެންކަމުން ދާއިރާގެ ގިނަ ބައެއްގެ އެދުމުގެ މަތިން ތުލުސްދޫ ދާއިރާއަށް ކުރިމަތިލުމަށް ނިންމަވާފައިވާކަން އޭނާ ވަނީ ބުނެފައެވެ.
.ކ.ދިއްފުއްޓަށް ނިސްބަތްވާ ފާތިހު ވަނީ މި އިންތިޚާބުގައި އޭނާއަށް ތާއިދުކޮށް، ރައްޔިތުންނަށް ޚިދުމަތްކޮށްދިނުމުގެ ފުރުސަތު ދިނުމަށް އެދިފައެވެ.
ފާތިހުއަކީ 2015ވަނަ އަހަރުގެ ސެޕްޓެމްބަރު ފަހު ރިޔާސީ ލޯންޗްކޮޅު ފިިނިފެންމާގައި ހިނގި ހާދިސާއާއި ގުޅިގެން ހޯދުމަށް އިއުލާންކުރި ފަރާތެކެވެ. އޭނާއަކީ ކުރީގެ އެސްއޯ ފުލުހެއްވެސް މެއެވެ.
ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފާތިހު މިހާރު ހުރީ ރާއްޖޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް