ގާޒީ އަލީ ރަޝީދުގެ ގެކޮޅަށް ގެއްލުންދީފި
ކްރިމިނަލް ކޯޓު ހިންގެވުމާއި ހަވާލުވެ ވަޑައިގެން ހުންނެވި ގާޒީ އަލީ ރަޝީދުގެ ގެކޮޅަށް ގެއްލުންދިން މައްސަލައެއް ބަަލަން ފަށައިފިއެވެ.
އެގޮތުން ރޭ ދަންވަރުގެ ވަގުތެއްގައި ވަނީ އެގޭގެ ދޮރަށް ކޯރާޑިއަކުން ހަމަލާދީ، އިންޒާރުގެ ބަސްތައް ލިޔެފައެވެ.
ރޭ ފަތިހު މި މައްސަލަ ފުލުހުންނަށް ހުށައަޅާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުން ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް