ކާރު ގަނެދޭނެކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފުލުހެއް ފައިސާ ނެގިކަމަށް ބުނާ މައްސަލައެއް ބަލަނީ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ރާއްޖެއިން ބޭރުން ކާރު ގެނެސްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ލާރި ނަގައި އެ ފައިސާއަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތުކުރެވޭ ފުލުހެއްގެ މައްސަލަ ބަލަމުންދާ ކަަމަށް އެ އިދާރާއިން ބުނެފި އެވެ.
ތުހުމަތު ކުރެވޭ ފުލުސް މީހާއާއި ގުޅޭގޮތުން މީސްމީޑިއާގައި މީހަކު އާންމު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުން އޭނާއަކީ އައްޑޫ ސިޓީ ފޭދޫއަށް ނިސްބަތްވާ މީހެކެވެ. އަދި އޭނާ ވަނީ ރާއްޖޭން ބޭރުން ކާރު ގެނެސްދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން އެޑްވާންސްކޮށް ފައިސާ ނަގާފަ “ފިލާފަ” އެވެ.
މި ޕޯސްޓާއެކު ފުލުހުން މީޑިއާ ގްރޫޕަށް ހިއްސާކުރި މެސެޖެއްގައި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ ފުލުހަކާއި ބެހޭ ގޮތުން ޝެއާ ކުރަމުން އަންނަ ޕޯސްޓަކާއި ގުޅިގެން އެ ފުލުސް މީހާގެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާދްސް ކޮމާންޑުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ޝިފާން މިހެން ވިދާޅުވެފައިވާއިރު، މީސް މީޑިއާގައި ފުލުސް މީހާއަށް ތުހުމަތުކޮށް ކޮށްފައިވާ ޕޯސްޓަށް ކޮމެންޓް ކުރި ގިނަ ބަޔަކު ވަނީ ފުލުހުންގެ މިފަދަ އަމަލުތަކާ މެދު އެއްވެސް ފިޔަވަޅެއް ނޭޅޭ ކަމަށް ބުނެ ޝަކުވާ ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް