ދެކުނަށް މިރޭ ވަރަށް މޫސުން ގޯސް، ހުދު ސަމާލު ނެރެފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ދެކުނުގެ އަތޮޅުތަކަށް މިރޭ ވަރަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި އެވެ.
މިއީ މުޅި ރާއްޖެއަށް ވެސް ވަރަށް މޫސުން ގޯސް ދުވަސްވަރެކެވެ. މެޓް އޮފީހުން ބުނީ ދެކުނުގެ އަތޮޅުތަކަށް މިރޭ މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާ ގއ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުދު ސަމާލު ނެރެފައިވާ ކަމަށެވެ.
މޫސުމީ އިންޒާރު ނެރެފައިވަނީ މެންދަމު އެކަކާ ހަމައަށެވެ.
މެޓުން ބުނީ މިވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ކަނޑުތައް ވެސް ގަދަވާނެ ކަމަަށް ވަނީ ލަފާކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް