N/A
N/A
ހަބަރު 16 May 2019 | 10:18

ސަލްފްގެ ސިލްސިލާ ދަރުސް "މަރުވުމަށްފަހު" ބާއްވާ މިސްކިތް ބަދަލުވެއްޖެ

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން މި ރޯދަމަހު ފުރްޤާން މިސްކިތުގައި ކޮންމެ ދުވަހެއްގެ ޢަޞްރު ނަމާދަށްފަހު ކުރިއަށްގެންދާ ’މަރުވުމަށްފަހު’، މި ސިލްސިލާ ބާއްވާ މިސްކިތް ބަދަލުވެއްޖެއެވެ.

މިއަހަރު މި ސިލްސިލާ ކުރިއަށްގެންދިއުމުގެ ކޯޑިނޭޓަރުގެ މަޤާމުގައި ހުންނެވި ޖަމްޢިއްޔަތުއްސަލަފުގެ ނައިބުރައީސް އައްޝައިޚް ޙަސަން މޫސާ ފިކްރީ ވިދާޅުވިގޮތުގައި މި ސިލްސިލާ މިރަމަޟާންމަހުގެ 20 ވަނަ ދުވަހާއި ހަމައަށްކުރިއަށްދާނީ މަސްޖިދުލް މުޙައްމަދު ބިން ޢަބްދިﷲ (ވިޔަފާރިވެރިންގެ މިސްކިތް) ގައިއެވެ.

”ފާއިތުވީ 4 އަހަރު އަޅުގަނޑުމެން މި ސިލްސިލާ ދަރުސްތައް ބާއްވަމުން މިއައީ ފުރްޤާން މިސްކިތުގަ، މުޅި ރަމަޟާން މަހު އެއްކޮށް. ނަމަވެސް އިސްލާމިކް މިނިސްޓްރީއިން މިފަހަރު އަޅުގަނޑުމެންނަކަށް ހުއްދައެއް ނުދިން މުޅި ރަމަޟާންމަހު ފުރުޤާން މިސްކިތުގައި މި ދަރުސްތައް ބޭއްވުމަކަށް. އަޅުގަނޑުމެންނަށް މިއަހަރު ހުއްދަ ލިބިފައިވަނީ ފުރަތަމަ 10 ދުވަސް ފުރްޤާން މިސްކިތުގައި ބޭއްވުމަށް. ދެވަނަ 10 ދުވަސް ވިޔަފާރިވެރިންގެ މިސްކިތުގަ އަދި ފަހު 10 ދުވަސް ޠައިބާ މިސްކިތުގަ.“ ޝައިޚް ފިކްރީ ވިދާޅުވިއެވެ.

ޝައިޚް ފިކްރީ އިތުރަށް ވިދާޅުވިގޮތުގައި ރަމަޟާންމަހުގައި ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ކުރިއަށްގެންދާ އެކިއެކި ޕްރޮގްރާމްތަކުގެތެރެއިން ފުރްޤާން މިސްކިތުގައި ކުރިއަށްގެންދާ މި ސިލްސިލާ ދަރުސްތަކަކީ ވަރަށްބޮޑު ޚާއްޞަކަމެއްދީގެން ދުރާލައި ރާވައިގެން ކުރިއަށްގެންދާ ހަރަކާތެއްކަމަށާއި އެހެން އަހަރުތަކެކޭވެސް އެއްފަދައިން މުޅި ރަމަޟާން މަހަށް ފުރްޤާން މިސްކިތް ނުލިބުމުން ވަރަށްބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާކަމަށެވެ.

”އަސްލު މި ޕްރޮގްރާމަކީ ވަރަށްގިނަ ޢިލްމުވެރިން މީގައި ޝާމިލުވާ ޕްރޮގްރާމެއް. މިއީ ވަރަށް ކޮލެޓީކޮށް ވީޑިއޯ ކުރެވި، ދުވަހުންދުވަހަށް އޭގެ އޯޑިއޯ އަދި ވީޑިއޯ އަޕްލޯޑު ކުރަމުންދާ ޕްރޮގްރާމެއް. ލައިވް ކުރަމުންދާ ޕްރޮގްރާމެއް. ގެންގުޅޭ ހުރިހާ އިކުއިޕްމެންޓުތައް ތަންތަނުން ބަދަލު ކުރުމަކީ ފަސޭހަކަމެއްނޫން. އަދި މީގެ ސަބަބުން މި ސިލްސިލާ ޤަވާއިދުުން ބައްލަވަމުންދާ ބޭފުޅުންނަށްވެސް ވަރަށް އުނދަގޫވާނެ. 10 ދުވަހުން 10 ދުވަހުން މިސްކިތް ބަދަލުވުމަކީ އިންތިހާއަށް އުނދަގޫވެގެންދާނެ ކަމެއް. ފާއިތުވީ އަހަރުތަކުގައި އަޅުގަނޑުމެންނަށް ފުރްޤާން މިސްކިތް ދީފައިވަނީ. ނަމަވެސް މިއަހަރު އިސްލާމިކް މިނިސްޓްރީއިން ހުއްދައެއް ނުދިން މުޅި ރަމަޟާން މަހަކަށް. މިއީ ވަރަށްދެރަ ކަމެއް. މީގެ 4 މަސްކުރިންފެށިގެން މިއައީ މިނިސްޓްރީއަށް ހުއްދައަށް އެދިގެން އެކިއެކި މަސައްކަތްތައް ކުރަމުން. ނަމަވެސް މިފަހަރު ފުރްޤާން މިސްކިތް މިލިބުނީ 10 ދުވަހަށް.“ ޝައިޚް ފިކްރީ ވިދާޅުވިއެވެ.

މެދުކެނޑުމެއްނެތި ކުރިޔަށް ގެންދާ މި ސިލްސިލާ ދަރުސްތަކަކީ ވަރަށް ގިނަ ބޭފުޅުންގެ ޝައުގުވެރިކަން ލިބިފައިވާ ދަރުސްތަކެކެވެ. 10 ދުވަހުން 10 ދުވަހުން މިސްކިތް ބަދަލުވާނެ ވާހަކަ އިޢުލާނު ކުރުމުގެ ސަބަބުން ޢާއްމުކޮށް ދަރުސް އަޑުއެހުމަށް ގޮސްއުޅޭ ފަރާތްތަކުގެ ޝަކުވާތައް ވަރަށްގިނައިން ލިބެމުންދާކަމަށް ޝެއިޚް ފިކުރީވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...