ބަލަމުންދާ މައްސަލައަކާ ގުޅިގެން 2 ބިދޭސީއަކު ހޯދަނީ
ބަލަމުންދާ މައްސަލައަކާ ގުޅިގެން 2 ބިދޭސީއަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ.
ފުލުހުން ބުނީ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާކަމަށެވެ. އެހެންކަމުން ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ ދެމީހުން ތަހުގީގަށް ހާޒިރުވުމަށް ފުލުހުން ވަނީ އިއުލާނުކޮށްފައެވެ.
ތަހުގީގަށް ހާޒިރުވުމަށް އަންގާފައިވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ މުޙައްމަދު އަސަދު (20އ) އާއި ބަންގްލަދޭޝް އަށް ނިސްބަތްވާ މުޙައްމަދު ތޮޔޮބުރު (31އ) އެވެ.


މިދެމީހުން މި މަހުގެ 15 ވަނަ ދުވަހުގެ 11:00ގެ ކުރިން ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް