އެމްޑީޕީއަށް ބޮޑު އަޤުލަބިއްޔަތެއް ލިބޭނެ ކަމާއި މެދު ރައީސް ސޯލިޙް ޝައްކެއް ނުކުރައްވާ
އެޕްރީލް މަހުގެ 6 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ބޮޑު އަޤްލަބިއްޔަތެއް ލިބޭނެ ކަމާއި މެދު ޝައްކެއް ނުކުރައްވާ ކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިޙް މިހެން ވިދާޅުވެފައި ވަނީ، ރޭ މާލޭގައި "މުޅި ހެންވޭރު އެކީގައި ތިލަފަތައް'' ނަމުގައި ބޭއްވި އެމްޑީޕީގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ޖަލްސާގައި ހެންވޭރުގެ ހުރިހާ ދާއިރާއަކަށް ވާދަކުރައްވާ ކެންޑިޑޭޓުން ވެސް ވަނީ ބައިވެރިވެފައެވެ.
ހެންވޭރުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިޙް ވިދާޅުވީ އެންމެ ވޯޓެއްގެ ސަބަބުން ވެސް އިންތިހާބުގެ ނަތިއްޖާ ބަދަލުވެދާނެ ކަމަށާއި އެހެންވެ ކޮންމެ ވޯޓަކީ ވެސް މުހިއްމު ވޯޓެއް ކަމަށެވެ.
މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިޙް ވަނީ ހޮނިހިރު ދުވަހުގެ ހެނދުނު ހެނދުނާ ހުރިހާ އެންމެން ވެސް ނިކުމެ ވޯޓް އަޅައި އެމްޑީޕީގެ ކެންޑިޑޭޓުން ހޮއްވަވައި ދެއްވުމަށް އެދިވަޑައިގެންފައެވެ.
ރައީސް ސޯލިޙް ވިދާޅުވި ގޮތުގައި އެމަނިކުފާނު މިހާތަނަށް ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ވަޑައިގެންފައިވާ ކަމަށާއި އަދި މަންޒަރު ވަރަށް ބޮޑަށް ސާފުވެވަޑައިގަންނަވާ ކަމަށެވެ.
"ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބޮޑު އަޤްލަބިއްޔަތެއް އެމްޑީޕީއަށް ލިބިގެންދާނެ ކަމީ މިއަދު ޝައްކެއް އޮތް ކަމެއް ނޫން." ރައީސް ސޯލިޙް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް