ދަރުމަވެރިންގެ މަސައްކަތަކީ ނަމޫނާ މަސައްކަތެއް: ރައީސް ޞާލިހު
ދަރުމަވެރިން ކުރަމުންދާ މަސައްކަތްތަކަކީ ނަމޫނާ މަސައްކަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ރެޑް ކްރެސެންޓްގެ ދިހަވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރެޑް ކްރެސެންޓުން ހަރުދަނާ މުޖުތަމައުއެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތަކީ ނަމޫނާ މަސައްކަތެއްކަމަށެވެ.
އަދި އިންސާނިއްޔަތު ކަމަށްޓަކައި، ބޭނުންޖެހިފައިވާ ފަރާތްތަކަށް ދަރުމަވެރިން ކޮށްދެމުންދާ މަސައްކަތާއި ހޭދަކުރާ ވަގުތަށް ޝުކުރުވެރިވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް