ދޫނިދޫ ޖަލުގައި ހުރި އަންހެނަކު ނިޔާވެއްޖެ
ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫ ޖަލުގައި ހުރި އަންހެނަކު ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބޭގޮތުގައި 23އަހަރުގެ މި އަންހެންމީހާ ދޫނިދޫ ޖަލުގައި ބަހައްޓާފައިހުރީ ފޭރުމުގެ މައްސަލައަކާއި ގުޅިގެންނެވެ.
މި އަންހެންމީހާގެ މަރުގެ މައްސަލަ ފުލުހުން ދަނީ އިތުރަށް ބަލަމުންނެވެ.
ދޫނިދޫ ޖަލަކީ ތަހުގީގަށް ތިބޭ މީހުން ބޭތިއްބުމަށް ޚާއްސަ ކުރެވިފައިވާ ޖަލެކެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް