11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން އާރުޑީސީއަށް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އެގާރަ ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފި އެވެ.
މިއަދު ވަނީ އެ އެއްބަސްވުމުގައި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ އާއި އާރްޑީސީ އާއެކު ސޮއިކޮށްފަ އެވެ. އެ ރަށްތަކަކީ
* ހއ. ތުރާކުނު
* ހދ. ނޮޅިވަރަމްފަރު
* ހދ. ފިނޭ
* ށ. މަރޮށި
* ނ. މާފަރު
* ބ. ތުޅާދޫ
* ބ. ކުޑަރިކިލު
* މ. މުލި
* ތ. ގުރައިދޫ
* ތ. ހިރިލަންދޫ
* ތ. ކިނބިދޫ

މިއަދު އޮތް ރަސްމިއްޔާތުގައި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ޙަސަން ރަޝީދުއެވެ. އަދި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޡީމް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް