ސިނަމާލެ ބްރިޖްގެ މަސަައްކަތް ނިންމީ މި ސަރުކާރުން: ޒިޔާދު
މާލެއާއި ހުޅުލެ ގުުޅުވާލުމަށް އަޅާފައިވާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ނުވަތަ ސިނަމާލެ ބްރިޖަކީ މިސަރުކާރުން ނިންމި މަސައްކަތެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެއެވެ.
ފިއްޓޭ މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެބޭފުޅާ ވިދާޅުވީ މިދިޔަ ސަރުކާރުން ނިންމި އެއްވެސް ޕްރޮޖެކްޓެއް ނެތްކަމަށާއި ސަރުކާރު ކުންފުނިތަކުން ކުރި ކަމަކީ ޞަދަގާތު ފައުންޑޭޝަން ހިންގުންކަމަށެވެ.
"ކޮން ޕްރޮޖެކްޓެއްތޯ މިދިޔަ ސަރުކާރަށް ނިންމުނީ. ބުރިޖު ވެސް ނިންމަން ޖެހުނީ އަޅުގަނޑުމެންނާ." ފިއްޓޭ ވިދާޅުވިއެވެ.
މެންބަރު ޒިޔާދު އިތުރަށް ވަނީ މިދިޔަ ސަރުކާރުގެ ވާހަކަ ދައްކަން ބޭނުންނުވިޔަސް އެކަން ކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެބޭފުޅާ ވަނީ މޯލްޑިވް ގޭހާއި އެޗްޑީސީގެ ވާހަކަ ދައްކަވާފައެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް