ނިއު ދިއްލީއަށް ބިންހެލުމެއް އަތުވެއްޖެ
އިންޑިޔާގެ ވެރިރަށް ނިއުދިއްލީއާއި ނޭޝަނަލް ކެޕިޓަލް ރީޖަން ސަރަހައްދުގައި ބިންހެލުމެއްގެ އިހުސާސްވެއްޖެކަމަށް ޚަބަރުފަތުރާ ވަސީލަތްތަކުން ރިޕޯޓްކުރަން ފަށައިފިއެވެ.
މިއީ ރެކްޓަރ މިންގަނޑުން 6.3 ގެ ބާާރުމިނުގެ ބިންހެލުމެއްކަމަށާއި، މި ބިންހެލުން އުފެދިފައިވަނީ އަފްޣާނިސްތާނު ސަރަހައްދުންކަމަށް އިންޑިޔާގެ އެންޑީޓީވީންވަނީ ބުނެފައެެވެ. މި ބިންހެލުމުގެ އަސަރު އިންޑިޔާގެ ކަޝްމީރުގެ ސްރީނަގަރު ހިސާބަށްވެސް ކުރިކަމަށް ބައެއް ނޫސްތަކުން ދަނީ ބުނަމުންނެވެ.
މި ބިންހެލުމާއި ގުޅިގެން އެއްވެސް ފަރާތެއްގެ ފުރާނައަށް ގެއްލުމެއްވީކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.
-ތަފްސީލް އަންނަނީ-
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް