އުމުރުން ދުވަސްވީ މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ
މާލޭގެ ގެއެއްގެ ކޮޓަރީގެ ތެރެއިން އުމުރުން ދުވަސްވީ މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ބުނީ މާފަންނު ގެއެއްގެ ކޮޓަރީގައި އޮތް މީހެއްގެ ހަބަރެއް ނުވެގެން އުޅޭކަމުގެ މައުލޫމާތު މިއަދު 10:19ހާާއިރު އެމްއެންޑީއެފްއިން ފުލުހުންނަށް ގުޅައި މައުލޫމާތު ދީފައިވާ ކަމަށެވެ.
އަދި މި މީހާ މަރުވެފައިވާކަން އޭޑީކޭގެ ޕެރެމެޑިކް ޑޮކްޓަރ ކަށަވަރުކޮށްދީފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މަރުވެފައިވަނީ 60އަހަރުގެ ދިވެހި ފިރިހެނެއްކަމަށްވެސް ވަނީ ބުނެފައެވެ.
މި މީހާގެ ހަށިގަނޑު ބޭލުމުގައި ގޭގެ ސިޑި ހުރިގޮތުން ދަތިތަކެއް އުޅޭތީ، އޭނާ ބޭލުމުގެ މަސައްކަތް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔުއާއި ގުޅިގެން ދަނީ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް