ވިނަރެސް ފްލެޓަށް ކުރިމަތިލާން ލިންކެއް ފޮނުވާ ސްކޭމުކުރާތީ ސަމާލުވުމަށް އަންގައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި، ވިނަރެސް ފްލެޓަށް ކުރިމަތިލާން ލިންކެއް ފޮނުވާ މަކަރާއި ހީލަތް ހަދަމުންދާތީ އެކަމަށް ސަމާލުވާން ފުލުހުން އެދިއްޖެއެވެ.
ފުލުހުން ބުނީ އެ މެސެޖުތަކުގައި ވަނީ ވިނަރެސް ފްލެޓްތަކަށް ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް އެޕްލައިކުރުމުގެ ފުރުސަތު އެޗްޑީސީއިން ހުޅުވާލާފައިވާކަމަށާއި ނަމަވެސް އެއީ ސައްހަ މެސެޖެއް ނޫން ކަމަށެވެ

އަދި އެކަމާްި ބެހޭ އިތުރު މައުލޫމާތު ވެބްސައިޓުން ލިބޭނެ ކަމަށް ބުނެ ލިންކެއް ފޮނުވަމުންދާކަމަށާއި އެ ލިންކަށް ވަދެ ފޭސްބުކް އަދި އިންސްޓަގްރާމް އައިޑީތައް ހެކްކޮށް، ފްރެންޑް ލިސްޓުގައިވާ ފަރާތްތަކުގެ އަތުން ފައިސާ ހޯދަމުންދާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
އެހެންވެ މި ފަދަ ލިންކުތަކަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް