ިއައިޖީއެމްއެޗްއަށް ނަރުހުން ހޯދަން އިއުލާންކޮށްފި
ސަރުކާރުގެ ހޮސްޕިޓަލް، އައިޖީއެމްއެޗްއަށް ނަރުހުން ހޯދުމަށް އިއުލާންކޮށްފިއެވެ.
އައިޖީއެމްއެޗްއަށް ހޯދަން އިއުލާންކޮށްފައިވަނީ 34ނަރުހުންނެވެ.
އެ މަގާމަށް ކުރިމަތިލުމުގެ ޝަރުތަކީ ތެރޭގައި ނާސިންގްގެ ދާއިރާއިން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމެވެ.
މި ނަރުހުންގެ މުސާރައެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ވަނީ -/9060 އާއި -/9210 އާއި ދެމެދު އެވެ. އަދި ނިކުންނަ ކޮންމެ ދުވަހަކަށް ސާވިސް އެލަވަންސްގެ ގޮތުގައި -/188 ރުފިޔާ ވަނީ ކަނޑާއަޅާފަ އެވެ.
އައިޖީއެމްއެޗުން ބުނީ ނަރުހުންގެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 25ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއި އެހެނިހެން ލިޔުންތައް އެ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާއަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް