ާމާރުކޭޓުގެ ގޮޅިތައް އަލުން ދޫކުރުމަށް ނިންމައިފި
މާލޭ ދަތުރުވެރިންގެ މާރުކޭޓުގައި ހުރި ގޮޅިތައް އަލުން ދޫކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ސިޓީ ކައުންސިލުން މިގޮތަށް ނިންމާފައިވަނީ މާރުކޭޓުގެ ގޮޅިތަކުގެ ސާރވޭއެއް ހެދުމަށް ފަހުގައެވެ.
ސިޓީ ކައުންސިލުން މައުލޫމާތު ދޭގޮތުގައި މި ސާރވޭގެ ތެރެއިން ވަނީ ގޮޅިތައް ދޫކޮށްފައިވަނީ ރަނގަޅު އުސޫލަކުން ނޫންކަމަށާއި ބައެއް ގޮޅިތަކުގެ މުއްދަތުވެސް ހަމަވެފައިވާކަން އެނގިފައެވެ. އަދި ގޮޅިތަކަށް ދައްކަންޖެހޭ ފައިސާ މީރާއަށް ދައްކާފައި ނުވާކަން ފާހަގަކުރެވިފައިވާކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.
އެހެންކަމުން ގޮޅިތައް ހުސްކުރަން ނާންގައި ގަވާއިދުތަކާއި އެއްގޮތައް ގޮޅިތައް ކުއްޔަށްދީ ރަނގަޅު ނިޒާމެއްގެދަށުން ގޮޅިތައް ހިންގާނެކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.
ސިޓީ ކައުންސިލުން ބުނެފައިވަނީ މި ސަރވޭގެދަށުން ދަތުރުވެރިންގެ މާރުކޭޓްގެ އިތުރުން ވަޅޯމަސް މާރުކޭޓްވެސް ބަލަމުންދާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް