އިސްގާޒީ ހައިލަމާއި އަލްހާން ދެމެދު ހިނގި ދެ ލައްކަ ރުފިޔާގެ މުއާމަލާތެއްގެ މައްސަލައެއް ބަލަނީ
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމާއި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ދެމެދު ދެ ލައްކަ ރުފިޔާގެ މުއާމަލާތެއް ހިނގި ބުނާ މައްސަލައެއް ޖޭއެސްސީން ބަލަން ފަށައިފިއެވެ.
ޖޭއެސްސީން މިކަން ވަނީ މިރޭ ނެރުނު ނޫސްބަޔާނެއްގައި ހާމަކޮށްފައެވެ.
ޖޭއެސްސީން ބުނިގޮތުގައި ހައިލަމާއި އަލްހާންއާއި ދެމެދު ދެ ލައްކަ ރުފިޔާގެ މުއާމަލާތެއް ހިނގާފައިވަނީ މިއަހަރުގެ މެއި މަހުގެ 19ވަނަ ދުވަހުގައެވެ. މި މުއާމަލާތުގެ ތަފްސީލެއް ޖޭއެސްސީން ހާމަކޮށްފައި ނުވާނަމަވެސް މި މައްސަލަ އެ ކޮމިޝަނަށް ފުލުހުން އިއްޔެ އެންގުމުން، އެ މައްސަލައަކީ ސީރިއަސް މައްސަލައެއްކަމުން އެ މައްސަލަ ތަހުގީގުކުރުމަށް ވަނީ ނިންމާާފައެވެ.
މި މައްސަލަ އެމްއެމްއޭއިން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވަނީ 25ޖުލައިގައެވެ. ނަމަވެސް ފާއިތުވި ދުވަސްތަކުގައި މި މައުލޫމާތު ޖޭއެސްސީއާއި ހިއްސާކޮށްފައި ނުވާތީއާއި، އެ މައްސަލައިގައި އެކަށީގެންވާ ފިޔަވަޅެއް ފުލުހުން އަޅާފައިނުވާކަމަށް ގަބޫލުކުރެވޭތީ އެކަން ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހާއި، ރައީސުލްޖުމްހޫރިއްޔާ އާއި އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންެގެ ކިބައިން އެދުމަށްވެސް ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް