ޤައުމީ ފުޓުބޯޅަ ތަރި އާރިފް ނިޔާވެއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ތަރި މުޙައްމަދު އާރިފް (ބަކާ) ނިޔާވެއްޖެއެވެ.
ބަކާ ނިޔާވެފައި ވަނީ ކުއްލިއަކަށް ހުން ގަދަވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާދެމުން ގެންދަނިކޮށެވެ.
ޙައްޖުގެ އަޅުކަމަށްފަހު ބަކާ އެނބުރި ރާއްޖެއަށް އައިސްފައިވަނީ މީގެ 3 ދުވަސްކުރިންނެވެ. އަދި ބަލި ޙާލަތު ގޯސްވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރީ އިއްޔެއެވެ.
ޢުމުރުން 38 އަހަރުގެ ބަކާ އަކީ، ރާއްޖޭގައި އުފެދުނު އެންމެ ފާހަގަ ކޮށްލެވޭ މިޑްފީލްޑަރެވެ. 2004 ވަނަ އަހަރު އައިލަންޑް ފުޓްބޯލް ކްލަބުން ކެރިއަރު ފެށި ބަކާ ވަނީ ޤައުމީ ޓީމުން 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައިވެސް މުހިންމު ރޯލެއް އަދާކޮށްފައެވެ. އަދި ބަކާ ވަނީ ރާއްޖޭގެ ފުރަތަމަ ޑިވިޜަނުގެ ގިނަ ކްލަބުތަކެއްގެ އިތުރުން މިޔަންމާގެ ކޭބީޒެޑް އަށް ވެސް ކުޅެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް