އެމެރިކާގެ އިސް ބޭފުޅުންތަކަކާއި ޝާހިދު ބައްދަލުކުރައްވައިފި
އެމެރިކާ ސަރުކާރުގެ އިސް ބޭފުޅުންތަކަކާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުންތައް ކުރިއަށްދިޔައީ އެބޭފުޅާ އެމެރިކާގެ ވެރިރަށް ވޮޝިންގްޓަންއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މިނިސްޓަރ ޝާހިދު ވަނީ އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލާއި ސްޓޭޓް ޑިޕާޓްމެންޓުގެ އިސް އޮފިޝަލުންނާއި ބައްދަލުކުރައްވާފައެވެ.
ސެކިއުރިޓީ ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި މިިނިސްޓަރ ޝާހިދު ވަނީ ސެކިއުރިޓީގެ ދާއިރާގައި ރާއްޖެ އާއި އެމެރިކާ އާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮން މަޝްވަރާ ކުރައްވާފައެވެ. އަދި މި ދާއިރާގައި ދެގައުމުން ގުޅިގެން އިތުރަށް މަސައްކަތް ކުރެވެނެގޮތްތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައިވާކަމަށް ޚާރިޖިއްޔާއިން މައުލޫމާތުދެއެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރާއްޖެ އާއި އެމެރިކާއާ މެދު ހާރިޖީ ގުޅުން ވަރުގަދަކޮށް ރާއްޖޭގައި ޑިމޮކްރަސީ އަދި ސަރުކާރު ހިންގުުމުގެ ނިޒާމު ހަރުދަނާ ކުރުމަށް މަސައްކަތް ކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް