15 އެންބިއުލާންސް ހޯދުމަށް އިއުލާންކޮށްފި
ބީލަމުގެ އުސޫލުން ފަނަރަ އެންބިއުލާންސް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.
އެ މިނިސްޓްރީން ކުރި އިއުލާންގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ހެލްތްގެ އެދުމަކަށް 15 އެމްބިއުލާންސް ސަޕްލައިކޮށް ޑެލިވަރީ ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ.
ފިނޭންސް މިނިސްޓްރީއިން ބުނީ ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާގެ ނޮން ރީފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެ ކަމަށާއި އެ ފައިސާ ބަލައިގަތުން ކުރިއަށްދާނީ މިމަހުގެ ނުވަވަނަ ދުވަހާއި ހަމައަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން 12:00 އަށް ކަމަށެވެ.
އަދި ރަމަޟާން މަހުގެ 10:00 ހެނދުނު އިން މެންދުރު 12:00ގެ ނިޔަލަށެވެ.
މި ޕްރޮޖެކްޓުގެ ބިޑްސެކިއުރިޓީގެ ގޮތުގައި 50،000 ރުފިޔާ ހުށަހަޅަން ޖެހޭނެއެވެ. އަދި ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުންފެށިގެން 148 ދުވަސް ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް