"ބަދްލާ": ޕްރޮޑިއުސާރ ޝާހް ރުކް ޚާންގެ ފަރާތުން ތަފާތު ޕޯސްޓަރެއް!
ޑައިރެކްޓާރ ސުޖޯއި ގޯޝްގެ "ބަދްލާ"، މާރޗް 8 ވަނަ ދުވަހުގެ ބޮޑު ރިލީޒް އާއި ކައިރިވުމުން ފިލްމުގެ ޕްރޮޑިއުސާރ ޝާހް ރުކް ޚާންވަނީ ފިލްމުގެ އާ ޕޯސްޓަރެއް ޓްވިޓާރ މެދުވެރިކޮށް ފޭނުންނާ ހިއްސާކޮށްފައެވެ.
Jo dikhe woh sach ho aur jo na dikhe woh jhooth, yeh har baar zaroori nahi. #Badla8Marchhttps://t.co/u62f57ksY3@SrBachchan @taapsee @sujoy_g @RedChilliesEnt @iAmAzure pic.twitter.com/BepLEQM8vP
— Shah Rukh Khan (@iamsrk) February 25, 2019
Jo dikhe woh sach ho aur jo na dikhe woh jhooth, yeh har baar zaroori nahi. #Badla8Marchhttps://t.co/u62f57ksY3@SrBachchan @taapsee @sujoy_g @RedChilliesEnt @iAmAzure pic.twitter.com/BepLEQM8vP
— Shah Rukh Khan (@iamsrk) February 25, 2019
އަމިތާބް ގެ ކެރެކްޓާރ ދައްކުވައިދޭ މި ޕޯސްޓަރުގެ ކެޕްޝަން އެއްގެ ގޮތުގައި ޝާހް ރުޚް ލިޔެފައިވަނީ "ފެންނަ އެއްޗިއްސަކީ ތެދަށް ވެފަ، ނުފެންނަ އެއްޗިއްސަކީ ދޮގަކަށް ވުން މިއީ ކޮންމެ ފަހަރަކު ވާން މަޖުބޫރުކަމެއް ނޫން" ކަމަށެވެ.
"ބަދްލާ" ގެ މި ޕޯސްޓަރުތައް ފެނިފަ ފިލްމާއި މެދު ގިނަ ފޭނުންގެތެރޭ ވަނީ ޝައުގުވެރިކަން އުފެދިފަކަން މީސް މީޑިއާގައި މިހާރު ދެކެވެމުން އަންނަ ވާހަކަތަކުން ފާހަގަކޮށްލެވެއެވެ.
އަމިތާބްވެސް ވަނީ އޭނާގެ ޓްވިޓާރގައި މިލިއަނަށް ވުރެ ގިނަފޭނުންނާއި އެކު މި ފިލްމުގެ ޕޯސްޓާރ ޙިއްސާކޮށްފައެވެ. ތާޕްސީ ޕަންނޫ އަދި އަމީތާބް އިސް ރޯލްތަކުން ފެނިގެންދާ މި ފިލްމް ބަލަން ގިނަ ބަޔަކު ތިބީ ކެތްމަދުވެފައެވެ. އަދި މި ފިލްމު ވެގެންދާނީ މަލަޔާލަމް އެކްޓާރ ޓޯނީ ލޫކް ގެ އަލަތު ބޮލީވުޑް ފިލްމަށެވެ.
އަމީތާބް މީގެ ކުރިންވެސް ވަނީ ތާޕްސީ ޕަންނޫ އާއި އެކު 2016 ވަނަ އަހަރުގައި ކާމިޔާބު ފިލްމެއްކަމަށްވާ "ޕިންކް" އިން ފޭނުންނަށް ފެނިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް