ނާމް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ޔުގަންޑާއަށް ވަޑައިގެންފި
ނާމް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ޔުގަންޑާއަށް ވަޑައިގެންފިއެވެ.
ޔުގަންޑާގެ ވެރިރަށް ކަމްޕާލާގައި ކުރިއަށްދާ ނޮން އެލައިޑް މޫވްމަންޓް (ނާމް) ގައި ހިމެނޭ ގައުމުތަކުގެ ވެރިންގެ މެދުގައި ބާއްވާ 19 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް އެބޭފުޅާ ފުރާ ވަޑައިގަތީ އިއްޔެގެ ވަގުތެއްގައެވެ.
މިކަމާއި ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ މި ސަމިޓުގައި މިނިސްޓަރުންގެ ފެންވަރުގައި ބާއްވާ ހުރިހާ ބައްދަލުވުމެއްގައި ވެސް މިނިސްޓަރު ޒަމީރު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
މި ސަމިޓް ގެ ތެރެއިން މިނިސްޓަރު ޒަމީރު މިއަދު ވަނީ ޔުގެންޑާއިން ރިޔާސަތު ބަލަހައްޓަވާ ނޮން-އެލައިންޑް މޫވްމަންޓްގެ މިނިސްޓީރިއަލް މީޓިން ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާފައެވެ. މިއީ ސަމިޓް ފެށުމުގެ ކުރިން ބާއްވާ ބައްދަލުވުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް