މަޑިފުށި ބަަނދަރުގެ ބޭރުތޮށިލުމުގެ މަަސައްކަތް ނިންމާލައިފި
ތ.މަޑިފުށީ ބަނދަރުގެ ބޭރުތޮށިލުމުގެ މަސައްކަތް ނިންމާާލައިފިއެވެ.
6.34މިިލިޔަނެއްހާ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ އެމްޓީސީސީއެވެ. މި މަސައްކަތް ނިންމާފައިވަނީ މިމަހުގެ ހަތްވަނަ ދުވަހުގައެވެ.
މި މަޝްރޫއުގެ ދަށުން އެމްޓީސީސީން ވަނީ މަޑިފުށީ ބަނދަރު ސަރަހައްދުގައި 100 މީޓަރުގެ ބޭރުތޮށި ލާފައެެވެ.
މި މަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 27 ވަނަ ދުވަހުގައިއެވެ. އަދި އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.
މި އަހަރުގެ ތެރޭގައި އެމްޓީސީސީން ވަނީ ގިނަ މަޝްރޫއުތަކެއް ހިންގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް