N/A
N/A
ހަބަރު 29 Dec 2019 | 06:23

ބްރޯ ބޭނުމީ ޕްރައިމެރީ ކާމިޔާބުކޮށް އެމްޑީޕީއަށް މޭޔަރު ގޮނޑި ކާމިޔާބުކޮށްދިނުން!

އަންނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ފޯރި މިވަނީ ވަރަށް ގަދަވެފައެވެ. ލާމަރުކަޒީ ގާނޫނަށް ގެނެވުނު ބޮޑެތި އިސްލާހުތަކަކާއި އެކު ކައުންސިލްތަކުގެ ބާރުވެރިކަން މިވަނީ އިތުރުވެފައެވެ. މިގޮތުން އެންމެ ބޮޑެތި އިމްތިޔާޒުތަކާއި ޒިންމާާތަކެއް ލިބިގެންދާ އެއް ކައުންސިލަކަށް ވެގެންދާނީ މާލޭ ސިޓީ ކައުންސިލެވެ.

މާލޭ ސިޓީގެ މޭޔަރކަމުގެ މަގާމަށް ގިނަބަޔަކު ފައިނަގާފައިވާއިރު، އޭ ރޭހުގެ ތެެރެއަށް މިވަނީ އިތުރު ފަރާތެއް ގުޅިފައެވެ. ހ.ދޫހިމެރިގެ އިބްރާހިމް ރަޝީދު މޫސާ ނުވަތަ އާންމު ނަމުންނަމަ ބްރޯ ރަޝީދު މިވަނީ މާލެ ސިޓީގެ މޭޔަރެއް ހޮވުމަށް ބާއްވާ އެމްޑީޕީގެ ޕްރައިމަރީއެއްގައި ވާދަކުރުމަށް ނިންމާފައެވެ.

ބްރޯ ރަޝީދުގެ ސިޔާސީ ހަޔާތް ފެށިފައިވަނީ މާާފުށި ޖަލުގައި ވަރަށް އަނިޔާވެރިކަމާއި އެކު އީވާން ނަސީމް މަރާލި ހިސާބުންނެވެ. އޭނާ ވަނީ އެމަރާއި ގުޅިގެެން އިންސާފަށް އެދި މަގުމައްޗަށް ނުކުމެ އަޑު އުފުލާފައެވެ. އަދި އެއަށްފަހު އެމްޑީޕީގެ ހަރަކާތްތަކުގެ އިސް ސަފުން އޭނާ ފެނިފައިވާއިރު، މިދިޔަ އަަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު ހުކުމާާއި ގުޅިގެން ކުރެވުނު މުޒާހަރާއެއްގައި އޭނާ ޖަލަށް ލެވުނެވެ. އެގޮތުން އެމްޑީޕީން ސިލްސިލާ ގޮތެއްގައި ކުރެވުނު މުޒާހަރާތަކުގައި ބުރޯރަޝީދު ބައިވެރިވަމުން ދަނިކޮށް ފެބްރުއަރީ 16 ވަނަދުވަހުގެ ރޭގަނޑު މަޖީދީމަގާއި ޗާންދަނީމަގު ހަތަރުއަނގޮޅި ކަންމަތިން ހައްޔަރުކޮށް ދޫނިދޫ ޖަލުގައި ބަންދުކުރިއެވެ.

ޖަލުގެ ތޭރިތަކުގެ ތެރޭގައި ހުރެ ދެވަނަ ދުވަހު އޭނާ ބަނޑުހައި ހޫނުކަމުގެ ހަޅުތާލުފެށިއެވެ. މިގޮތަށް ހަތް ވަނައަށް ވީ ދުވަހު ބްރޯ ރަޝީދު ވަނީ އިތުރަށް މުޒާހަރާާއަށް ނުދިއުމަށް ޝަރުތުކޮށް ޖަލުން މިނިވަންކުރެވިފައެވެ. މީގެ ކުރިން ސިފައިންގޭގައިވެސް ވަޒީފާ އަދާކުރެއްވި ބްރޯ ރަޝީދު ވަނީ 3 ނޮވެމްބަރު 1988ގެ އުދުވާނީ ހަމަލާގައި ސިފައިންގެ ދިފާއުކުރެއްވުމަށް ހަރަކާތްތެރިވެލައްވާފައެވެ. މީގެ އިތުރުން އޭނާ ވަނީ ފިލްމީ ދާއިރާގައި އެކި ސިފައިގައި ހަރަކާތްތެރިވެލައްވާފައެވެ.

ވޮއިސްއަށް މައުލޫމާތުދެމުން ބްރޯ ރަޝީދު ބުނީ އޭނާ ހޮވަން ޖެހެނީ ދީނީ، ހިންގުންތެރި،  ތަޢުލީމީ އަދި ޤާބިލް ފަރާތަކަށް ވާތީއެވެ. އޭނާ ވަނީ މާލޭ ސިޓީގެ މޭޔަރކަމަށް ހޮވިއްޖެނަމަ ކުރާނެ ގިނަ ކަންތައްތަކެއްވެސް ވޮއިސްއަށް ހިއްސާކުރައްވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

1. ހައްޤު މިންވަރު ޔަޤީން ކުރުމަށް، ރިސާޗަކާއި އެކު މާާލޭގެ ރައްޔިތުންނަށް ގޯތި ހޯދައިދިނުން.

2. އެޖެންޑާ 19 ތަންފީޒު ކުރުމަށް، ލާމަރުކަޒީރާއްޖޭގެ ވެރިރަށުގެ އުފާފާގަތިކަން އެންމެހާ ދިވެހި ރައްޔިތުންންށް ހޯދާދިނުން.

3. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ރިޔާސީވައުދުތައް ތަންފީޒު ކުރުމަށް މާލެވަށައިގެން ހިނގޭގޮތަށް ފަރުމާކޮށް ތައްޔާރުކުރެވޭ ރިންގް ރޯޑް ޤާއިމްކުރުން، މާލޭގެ 8 ސަރަހައްދެއްގައި 15 ބުރީގެ ޕާކިން ބިލްޑިން 3 އަހަރުގެ ތެރޭގައި އެޅުން، މާލޭގައި ޓްރެފިކް ބްލޮކްވާ 4 އަނގޮޅިތަކުގައި ފްލައިއޯވާ އަޅާ ޓްރެފިކް މައްސަލަތަކަށް ހައްލުހޯދަދިނުން.

4. މާލެ ފެހި ކުރުމަށް، އެއްމިލިއަން ގަސްއިންދާ މާލެ ސަރަހައްދަކީ ފެހި ފިނި ސިޓީއަކަށް ބަދަލުކުރުން.

5. މާލެ ސިޓީއަކީ ހިނގާބިނގާވެ އުޅުމަށް ފަސޭހަ ސިޓީއަކަށް ބަދަލުކުރުމާއި ރައްޔިތުން ހިންގާބިންގާވެ އުޅުމަށް އަހުލުވެރި ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުން، ދަމަނަވެށީގެ ނަމުގައި ހިންގާ މާލޭ ސިއްޙީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކޮށް ޖާގައާއި ޚިދްމަތުގެ ފެންވަރު ރަނގަޅުކޮށް އިތުރު ޚިދްމަތް ލިބޭނެގޮތް ހެދުމަށް. މާލެ ރައްޔިތުންގެ ދުޅަހެޔޮޖީލެއް ބިނާކުރުން.

6. ކަރަންޓުގެ އަގުހެޔޮކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވެވަޑައިގެންފައިވާ ރިޔާސީވައުދު ތަންފީޒު ކުރުމަށް މާލޭ އުސްފަސްގަނޑުގައި ޤާއިމްކުރެވޭ ރާޅުބާނިން ކަރަނޓްއުފައްދާ ނިޒާމް ޤާއިމްކޮށް ކަރަންޓްގެ ޔުނިޓް 50 ލާރިއަށްވުރެ ދަށްކޮށް ކަރަންޓްބިލް ކުރުން. ފޮސިލް ފިއުލް ބޭނުން މަދުކޮށް އާހޯދުންތަކާއި ރިނިއުބަލް އެނާޖީއަށް ފުރުސަތުތައް ފަހިކުރުން .

7. މާލެ ސިޓީގައި ޤާއިމުކުރެވޭ ފުރަތަމަ ދުނިޔޭގެ ފެންވަރުގެ ޝޮޕިންމޯލް ޤާއިމުކޮށް ކުދިއަދިމެދުފަންތީގެ ވިޔަފާރި ކުރިއެރުވުމަށް. ޒަމާނީ ދަތުރުފަތުރު ނިޒާމަކުން ގްރޭޓާ މާލޭ ރީޖަން ގުޅާލެވި ހައިޕާލޫޕް ހައިސްޕީޑް ޓްރާންސްޕޯޓް ތައާރަފްކުރުން.

8. މާލެސިޓީގައި ޤާނޫނާއި ޤަވާއިދުތަކާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް.

9. މާލެ ސިޓީ ކައުންސިލަކީ ރައްޔިތުންނާއި އެންމެ އެކުވެރިމާއެކު ގާތުން ހިދްމަތްދޭ އެންމެ ފަސޭހައިން ޚިދްމަތްލިބޭ ރައްޔިތުން ޤާއިމުކުރާ އޮފީސް ކަމުގައި ހަަދައި، ކަންކަމުގަ ޚިދްމަތް ހޯދުމަށް ކިއުގަ ޖެހުން ނިމުމަކަށް ގެނައުން، މިއެވެ.

ބްރޯ ރަޝީދު ވަނީ އެމްޑީޕީގެ އެންމެހާ މެންބަރުންގެ އަރިހުން ޖެނުއަރީ މަހުގެ 31ވަނަ ދުވަހު އޮންނަ ކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީގައި އޭނާއަށް ވޯޓު ދިނުމަށް އެދޭ ކަމަށް ބުނެފައެވެ.

ނޯޓް: މި ޕްރައިމަރީގައި ވާދަކުރާ ކެނޑިޑޭޓުން ވޮއިސް މެދުވެރިކޮށް ޚަބަރުތައް ގެނެސްދޭން ބޭނުންވާނަަމަ ވޮއިސްގެ ހޮޓްލައިން 9956888 އަށް ގުޅައިގެން ނުވަތަ މި ނޫހުގެ އީމެއިލްކަމުގައިވާ [email protected] އަށް މެއިލްކޮށްގެން ކުރިއަށް ގެންދެވޭނެއެވެ.

ވޮއިސްގެ ޓީމުން ވަނީ އެމްޑީޕީގެ ޕްރައިމަރީގެ އިތުރުންވެސް ކައުންސިލް އިންތިޚާބުގައި ވާދަކުރާާ އެހެން ޕާޓީތަކުގެ ކެނޑިޑޭޓުންނާއި އަމިއްލަ ކެނޑިޑޭޓުންގެ ޚަބަރުތައްވެސް ގެނެސްދިނުމަށް ނިންމާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...