ދައުލަތަށް 15 ކާރު ހޯދަން އިއުލާންކޮށްފި
ސަރުކާރުގެ ބޭނުމަކަށް 15ކާރު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.
މިިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވަނީ އެ ކާރުތައް ސަޕްލައިކުރުމުގެ ބިޑްގައި ބައިވެރިވެވޭނީ ނޮން ރިފަންޑަބަލް ބީލަމުގެ ގޮތުގައި 1500 ރުފިޔާގެ ފީއެއް ދައްކައިގެން ކަމަށެވެ.
މި ފައިސާ ބަލައިގަންނަނީ މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ކާރު ސަޕްލައިކޮށްދޭން ބޭނުންވާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި އެއްލައްކަ ރުފިޔާ ނުވަތަ އެ އަދަދާ އެއްވަރުގެ ޔޫއެސް ޑޮލަރު ހުށަހަޅަން ޖެހޭނެ ކަމަށެވެ. ބިޑް ސެކިއުރީޓީގެ މުއްދަތަކީ ހުޅުވާ ދުވަހުން ފެށިގެން 148 ދުވަހެވެ.
މި މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ ފަރާތްތަކުގެ ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 21 ވަނަ ދުވަހުގެ ހެނދުނު 11:00 ޖަހާއިރު ނެޝަނަލް ޓެންޑާގެ ޖަލްސާ ކުރާ މާލަމުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް