ރަޝިޔާއިން ޓިކްޓޮކް ޖޫރިމަނާކޮށްފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ރަޝިޔާގައި ދެއްކުން މަނާ ކޮންޓެންޓް ދެއްކި މައްސަލައެއްގައި މަޝްހޫރު ސޯޝަލް މީޑިއާ ކުންފުނި ޓިކްޓޮކް 3 މިލިއަން ރުބަލްސް އިން ޖޫރިމަނާކޮށްފިއެވެ.
މިއީ އެމެރިކާ ޑޮލަރުން ބަލާއިރު ގާތްގަނޑަކަށް 29 ހާސް ޑޮލަރެވެ. ހުކުރު ދުވަހު ކުރި ރަޝިޔާގެ ކޯޓަކުން ކުރި ޖޫރިމަނާގެ ހުކުމުގެ ތަފްސީލް ކޯޓުން ހާމަކުރިނަމަވެސް، ޓިކްޓޮކާއި ދެކޮޅަށް ކުރެވުނު ދައުވާގެ މާބޮޑު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. ޓިކްޓޮކް ޖޫރިމަނާކުރީ މައުލޫމާތު ހިފެހެއްޓުމާއި ބެހޭ ގާނޫނާއި ޚިލާފުވުމާއި ގުޅިގެން، އިދާރީ ކުށްތަކަށް އަދަބު ކަނޑައެޅުމާއި ބެހޭ ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުންނެވެ.
މިއީ ރަޝިޔާއިން މިއަހަރު ޓިކްޓޮކް ޖޫރިމަނާކުރި 3 ވަނަ ފަހަރެވެ. މީގެ ކުރިން ޖުލައި މަހާއި ނޮވެމްބަރު މަހު، ކޮންމެ ފަހަރަކު 4 މިލިއަން ރުބަލްސްއިން ޖޫރިމަނާކުރިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް