ދެޒުވާނަކު ވެގެން ކުޅުދުއްފުށީ މިސްކިތެއްގައި އޭސީ ހަރުކޮށްފި
ހދ.ކުޅުދުއްފުށީގެ މިސްކިތެއްގައި ދެ ޒުވާނަކު އިސްނަގައިގެން ރޯދަމަހާއި ދިމާކޮށް އޭސީ ހަރުކޮށްފިއެވެ.
އެ ދެ ޒުވާނުން މިކަން ކޮށްފައިވަނީ އެރަށު ޒިގްޒެގް ޖަމިއްޔާއާއި ގުޅިގެން ހެޔޮއެދޭ ގިނަ ފަރާތްތަކެއްގެ އެހީއާއި އެކުގައެވެ.
މިކަމުގެ އިސްކޮށް އުޅޭ އެއް ޒުވާނެއްކަމުގައިވާ ސައީދު އަބޫބަކުރު ވިދާޅުވީ މިދިޔަ އަހަރު ރޯދަޔަށް ކުރެވުނު މަސައްކަތަކީ އެމިސްކިތުގެ އެއްބައިގައި ކާޕެޓްއެޅުންކަމަށާއި މިއަަހަރުގެ ޓާގެޓަކީ އެއްކޮށް ކާޕެޓް އަޅާ އޭސީ ހަރުކުރުންކަމަށެވެ.
" އެހެންނަމަވެސް އެ ވަރަށް ފަންޑު ނުލިބުމުން މިއަހަރު ރޯދައަށް މިސްކިތުގައި އޭސީ ހަރުކޮށްލެވޭ ވަރުމިވީ."، ސައީދު ބުންޏެވެ.
މިހާރު އެރަށުގެ ޖަމާއަތު މިސްކިތުގައި ސައުވީސް ހާސް ބީޓީޔޫގެ ހަ އޭސީ މިހާރު ހަރުކުރެވިފައިވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް