ސަބަބެއް ނެތި ޖަލްސާއަށް ހާޒިރުނުވާނަމަ މުސާރައިން ކަނޑަނީ
މަގުބޫލު ސަބަބެއް ނެތި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުނުވާ މެންބަރުންގެ މުސާރައިން ދުވަސްތައް އުނިކުރުމަށް ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމެޓީން މިއަދު ފާސްކޮށްފައިވަނީ މަޖިލީހުގެ ޖަލްސާތަކުގެ ތެރެއިން ކޮންމެ މަހަކު ދެބައިކުޅަ އެއްބައި ޖަލްސާއަށް އެއްވެސް މަގްބޫލް އުޒުރެއް ނެތި ހާޒިރު ނުވެއްޖެނަމަ މެންބަރުންގެ މުސާރައިން ދެބައިކުޅަ އެއްބައި އުނިވާނެކަމަށެވެ.
މި އިސްލާހުގައި މަގްބޫލް ސަބަބުތަކުގެ ގޮތުގައި ބަލަނީ ބަލިވެގެން ބުނާ ސަލާމާއި ޗުއްޓީއެވެ.
މި އިސްލާހު ފާސްވެފައިވަނީ މިއަދު އޮތް އެކޮމެޓީގެ ޖަލްސާގައެވެ. ނަމަވެސް މި އިސްލާހަށް އަމަލުކުރުން ލާޒިމްވާނީ މަޖިލީހުގެ ތަޅުމުން އެ އިސްލާހު ފާސްކޮށްފިނަމައެވެ.
މަޖިލީހުގެ ގަވާއިދު ކޮމެޓީ އެކުލަވާލާފައިވަނީ 2010ވަނަ އަހަރުގައި ފާސްކޮށްގެން އަމަލުކުރަމުންދާ މަޖިލީހުގެ ގަވާއިދު އިސްލާހުކުރުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް