ހުޅުމާލޭގެ ހުސްބިމެއްގައި އަލިފާން ރޯވެ އަދަނީ
ހުޅުމާލޭގެ ހުސްބިމެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަދަމުން އެބަދެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރޯވެ އަދަމުން ދަނީ ހުޅުމާލޭ ފެރީ ޓާމިނަލް އާއި ސެންޓްރަލް ޕާކު ދެމެދުގައި އޮތް ހުސް ބިމެއްގައެވެ.
އަލިފާނުގެ ހާދިސާ ހިނގި ކަމުގެ ރިޕޯޓް ލިބުމާއި އެކު އެމްއެންޑީއެފްގެ ފަރާތުން ވަނީ އެސަރަހައްދަށް ގޮސް ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް ވެއެވެ.
ހުޅުމާލޭގެ ހުސްބިމެއްގައި އޮތް ވިނަގަނޑެއްގައި ބަޔަކު ގަސްތުގައި ރޯކުރީ ކަމެއް ނުވަތަ ހޫނުގަދަ ވެގެން ރޯވީ ކަމެއް އަދި ސާފެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް