މަސްތުވާތަކެއްޗާއެކު މާފުށީ ޖަލު ކައިރިން މީހަކު ހައްޔަރު ކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މަސްތުވާތަކެއްޗާއެކު ކ. މާފުށީ ޖަލު ކައިރިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބުދަ ދުވަހުގެ ރޭ 21:12 ހާއިރު އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
އަދި މި އޮޕަރޭޝަނުގައި އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރު ކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ މާފުށީ ޖަލުގެ އޮފިސަރެކެވެ.
ފުލުހުން އިތުރަށް ބުނީ، އެމީހާ ހައްޔަރު ކޮށްފައިވަނީ މާފުށީ ޖަލު ކައިރިން ހުއްޓުވާ ބަލާފާސްކުރުމުގެ ތެރެއިން އޭނާގެ އަތުން 38.4 ގުރާމުގެ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނުމުން ކަމަށެވެ.
އަދި އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ދިހަ ދުވަހުގެ މުއްދަތެއް ދީފައިވާކަމަށްވެސް ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް