މިއަހަރުގެ މަޖިލިސް އިންތިޚާބުން ރީކޯމޫސައެއް ނުފެންނާނެ!
މިއަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަނުކުރައްވާނެކަމަށް ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސާ) އިއުލާންކުރައްވައިފިއެވެ.
މޫސާ މަނިކު މިހެން އިއުލާންކުރެއްވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
މީގެ ކުރިން މޫސާ މަނިކު ވަނީ އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައި ލ.ގަމުގެ ދާއިރާއަށް ކުރިމަތިލައްވަން ނިންމަވާފައިވާކަމަށް ވިދާޅުވެފައެވެ.
މިވަގުތު މޫސާ މަނިކު ހުންނެވީ އަމިއްލަ މެންބަރެއްގެ ގޮތުގައެވެ. އެއީ ރިޔާސީ އިންތިޚާބުގެ ނާކާމިޔާބީއާއި އެކު ޕީޕީއެމްއިން ވަކިވެ ވަޑައިގަތުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް