މާލެ ޖަލު ބަންދުކޮށްފި
މާލެގައި ހުރި ޖަލު ބަންދުކޮށް، އެ ޖަލުގައި ތިބި ގައިދީން އެހެން ޖަލު ތަކަށް ބަދަލުކޮށްފިއެެވެ.
މިކަމާއި ގުޅިގެން މިއަދު ކަރެކްޝަނަލް ސާވިސް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޖަލު ބަންދު ކުރީ ޖަލާއި ޖެހިގެން ހުންނަ ދަރުމަވަންތަ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންނަށް އެ ތަނުގައި ޖަލެއް ހުރުމުގެ ސަބަބުން ނުރަނގަޅު އަސަރު ކުރާކުރަމުން އަންނާތީ، ކަމާބެހޭ ފަރާތްތަކުން މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ.
ޖަލު ބަންދުކުރި ކަމުގައި ވިޔަސް އާންމުނަށް ފޯރު ކޮށްދެމުން އަންނަ ހިދުމަތްތައް މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އެ އިމާރާތުގެ ކައުންޓަރުން ލިބިގެންދާނެ ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެއެވެ.
މި ޖަލަކީ 2008 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 17 އިން ފެށިގެން ހިދުމަތް ދެމުން އައި ޖަލެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް