ރަސްމީ ދަތުރުފުޅެއްގައި ޝާހިދު ބެލްޖިއަމްއަށް ވަޑައިގެންފި
ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، ބެލްޖިއަމްއަށް ވަޑައިގެންފިއެވެ.
އެމަނިކުފާނު ބެލްޖިއަމްއަށް ވަޑައިގަތީ ރަޝިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހުގައެވެ.
ފޮރިން މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި މި ދަތުރުފުޅުގައި މިނިސްޓަރ ޝާޙިދު ޔޫރަޕިއަން ޕާލަމެންޓާއި، ޔޫރަޕިއަން ކޮމިޝަންގެ އިތުރުން ޔޫރަޕިއަން އެކްސްޓަރނަލް އެކްޝަން ސަރވިސްގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވާނެއެވެ.
މި ބައްދަލުކުރެއްވުންތަކުގައި މޫސުމީ ބަދަލުތަކާއި، ޓެރަރިޒަމާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި، ޑިމޮކްރަސީ ވަރުގަދަކުރުމުގެ އިތުރުން ގަވަރނަންސް އަދި އިދާރާތައް ހަރުދަނާކުރުމުގެ ދާއިރާތަކުން މަޝްވަރާތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލުއާއި، ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާޤްގެ އިތުރުން، މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ޑިރެކްޓަރ ޝިއުނީން ރަޝީދު އަދި ޑެސްކް އޮފިސަރ މަރިޔަމް އާސިފް ބައިވެރިވެވަޑައިގަންނަވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް