ތިންބާރު ސާފުކޮށް ވަކިވާން ޖެހޭ: ޝައިޚް ޒައިދު
ދިވެހިރާއްޖޭގެ ދައުލަތް ހިންގުމުގެ ތިންބާރު ސާފުކޮށް ވަކިވާންޖެހޭކަމަށް، ދީނީ އިލްމުވެރިޔާ އައްޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިޚް ޒައިދު މިހެން ވިދާޅުވީ އެބޭފުޅާ ކުރެއްވި ޓްވީޓެއްގައެވެ.
ޝައިޚް ޒައިދު ވިދާޅުވީ ތިން ބާރު ސާފުކޮށް ވަކިވާން ޖެހޭ ކަމަށާއި ޒިންމާދާރު ކުރެވޭނީ އޭރުން ކަމަށެވެ.
ޒައިދު އިތުރަށް ވިދާޅުވީ މަޖިލިސް އިންތިހާބުގައި ވަކި ބަޔަކަށް ސުޕަރ މެޖޯރިޓީ ދޭން ނުޖެހޭ ކަމަށާއި އެކަން އެގޮތަށް ވެއްޖެނަމަ ގައުމު ވެއްޓޭނީ އަނދަވަޅަކަށް ކަމަށެވެ. އަދި އެކަން ވޭތުވެދިޔަ ދުވަސްތަކުގައި ފެނި ތަޖުރިބާ ކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޝައިހް ޒައިދު މިހެން ވިދާޅުވިއިރު، ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް އެމްޑީޕީ އަށް މަޖިލީހުގެ މެޖޯރިޓީ ބޭނުންވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް