އަނެއްކާވެސް އެމްޓީސީސީގެ ބަހެއް އެކްސިޑެންޓްވެއްޖެ
މިއަދު މެންދުރުފަހު، ހުޅުމާލޭގައި އަނެއްކާވެސް އެމްޓީސީސީގެ ބަހެއް އެކްސިޑެންޓްވެއްޖެއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ އެރަށު ނިރޮޅު މަގުން ދުއްވާފައި ދިޔަ ޓެކްސީއެއްގައި މި ބަސް ޖެހިގެންނެވެ.
މި އެކްސިޑެންޓާ ގުޅިގެން ކާރުގެ ފަހަތުކޮޅު ބަނޑިވެ، ބަހުގެ ހެޑްލައިޓާ ދިމާއިން ބައެއް ނެއްޓިގެން ގޮސް، ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަމެއް އެނގިފައެއް ނުވެއެވެ.
މި ބަހަކީ ހުޅުމާލެ އެތެރޭގެ ދަތުރުތަކަށް ބޭނުންކުރަމުންދާ ބަހެކެެވެ. ފުލުހުން ދަނީ މި ހާދިސާ ތަހުގީގުކުރަމުންނެވެ.
މީގެ ތިން ދުވަސްކުރިންވެސް އެމްޓީސީސީ ބަހެއް ވަނީ އެކްސިޑެންޓްވެ، ފަތުރުވެރިއަކު ނިޔާވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް