ޓީޖެޓީ ސަރަހައްދުގައި އޮތް މުދާ އުފުލާ އުޅަނދެއް އަޑިއަށްދަނީ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
މާލޭގެ ޓީޖެޓީ ސަރަހައްދުގައި އަޅާފައި އޮތް މުދާ އުފުލާ ދޯންޏެއް އަޑިއަށް ދާކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދޯނީގެ ބޮޑުބައި މިހާރު ފެނު އަޑީގައި އޮތްއިރު، އެ ދޯނީގައި މުދާވެސް ހުއްޓެވެ. އެގޮތުން އެ ދޯނީގައި ސިމެންތިގަށާ މެޝިނަކާއި، ގިނަ އަދަދެއްގެ ފިލައާއި އެނޫންވެސް ސާމާނު ހުއްޓެވެ. ބޮޑަށް ބެލެވޭގޮތުގައި އެއީ ކޮންމެވެސް ރަށަކަށް ގެންދިއުމަސް އަރުވާފައި ހުރި ތަކެއްޗެވެ.
ވީޑިއޯތަކުން ފެންނަ ގޮތުގައި ދޯނީގެ ބޮޑުބައި ފެނުގެ އަޑިއަށްދިޔައިރު މުދާތައްވެސް ހުރީ ދޯނީގެ ތައްޓުމަތީގައި ހުރިގޮތަށެވެ. ދޯނި އަޑިއަށްދާން ފެށުމުން ދޯނި ޖެޓީގައިވާ މޫޓުގައި އައްސާފައިވާ މަންޒަރު ފެނެއެވެ. މިހާދިސާ ހިނގާފައިވާކަމަށް މައުލޫމާތު ލިބިފައިވަނީ މިރޭގެ އިރާކޮޅުގެ ވަގުތެއްގައެވެ.
ދޯނި އަޑިއަށްދާން މެދުވެރިވި ސަބަބަު އަދި ސާފެވފަ ނުވާއިރު، މިކަމާ ބެހޭގޮތުން ކަމާބެހޭ އިދާރާއަކުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް