އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފި
ދިވެހިރާއްޖޭގައި ހަަރަކާތްތެރިވުމަށް އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.
"ސަންރައިޒް ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައިވަނީ މ.މަލިކުވިޔު، ސަޢީދާ ރަޝާދަށެވެ.
ސަޢީދާ އަކީ މީގެ ކުރިން ޕީޕީއެމްގެ ހަރަކާތްތަކުގައި ފެނުނު ފަރާތެކެވެ.
ރާއްޖޭގައި މިހާރު ޖުމްލަ ނުވަ ސިޔާސީ ޕާޓީއެއް ވަނީ ރަޖިސްޓަރ ކުރެވިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް