އީސީގެ މެންބަރކަމަށް ފުއާދުގެ ނަން ފޮނުވައިފި
އިލެކްޝަންސް ކޮމިޝަންގެ މެންބަރކަމުގެ މަގާމަށް އައްޔަންކުރުމަށް އެކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގުގެ ނަން ފޮނުވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ފުއާދުގެ އިތުރުން ހަތަރު އެހެން ފަރާތެއްގެ ނަމަށް ސަމާލުކަމެއް ދެއްވައިގެން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ރައީސް ފޮނުއްވި ނަންތައް:
1. ފުއާދު ތައުފީގު، މޗ. ތަޅަމުދުގެ
2. އަމުޖަދު މުސްތަފާ، އަލިވާގެ، ގއ. މާމެންދޫ
3. ހަސަން ނާޒިމް، ހ. ގާޑެނިޔާ
4. ހަނީފާ ހާލިދު، އަނބުގަސްދޮށުގެ، ހއ. ކެލާ
މީގެ އިތުރުން ވެސް އިތުރު ހަ ބޭފުޅަކު އެ މަގާމަށް ކުރިމަތިލެއްވި ކަމަށް ރައީސްގެ ސިޓީގައި ވަނީ ފާހަގަ ކުރައްވައިފަ އެވެ. އަދި އެބޭފުޅުންގެ ނަންތައް ވެސް ރައީސް ޞާލިހު ވަނީ އެ ސިޓީއާއިއެކު ފޮނުއްވާފައެވެ.
އީސީއަށް މެންބަރަކު އައްޔަންކުރުމަށް ފޮނުވާފައިވަނީ އެ ކޮމިޝަންގެ ނައިބުރައީސް ކަމުގައި ހުންނެވި އަމްޖަދު މުސްތަފާގެ ދައުރު އަންނަ މަހުގައި ހަމަވާތީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް