ޑރ. ފަރުޒާނާ އަވަހާރަވެއްޖެ
ޑރ. ފަރުޒާނާ ޚާތޫން އިނގިރޭސި ވިލާތުގައި ރޭ އަވަހާރަވެއްޖެ އެވެ.
ފަރުޒާނާ އަވަހާރަވީ އިނގިރޭސި ވިލާތުގައި ފަރުވާ ދެމުން އަންނަނިކޮށެވެ.
މައުލޫމާތު ލިބޭގޮތުގައި ޑރ. ފަރުޒާނާ އަވަހާރަވެފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހުއެވެ. އެގޮތުން މިދިޔަ ރޯދަ މަހުގެ ފަހުކޮޅުން ފެށިގެން ފަރުޒާނާ އޮންނެވީ ކޯމާއެއްގައެވެ.
އެންމް ފަހުން އެކަމަނާ ވަޒީފާއަދާކުރައްވާފައިވަނީ ތެލެސީމިއާ ސެންޓަރުގައި، ސީނިއާ ރަޖިސްޓްރާ އިން މެޑިސިންގެ މަޤާމުގައިއެވެ.
ޑރ. ފަރުޒާނާއަކީ ސަރުކާރަށް 20 އަހަރު ދުވަހަށްވުރެ ގިނަދުވަހު ހިދުމަތްކުރައްވާފައިވާ ބޭކަންބަލެކެވެ. އެކަމަނާގެ ފިރިކަލުން މަޝްހޫރު ޑރ. މުހައްމަދު ވަހީދު ވަނީ މީގެ 15 އަހަރު ކުރިން އަވަހާރަވެއެވެ.
ޑރ. ފަރުޒާނާއަށް ދެ ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް