މިޔަރެއް ދިން ހަމަލާއެއްގައި ސިފައިންގެ ޒުވާނަކު ނިޔާވެއްޖެ
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ލ. ކައްދޫގައި ކުރިއަށްގެންދިޔަ ތަމްރީނެއްގެ ތެރެއިން ސިފައިންގެ އޮފިސަރަކަށް މިޔަރެއްގެ ހަމަލާއެއްގައި އަނިޔާވެ، ނިޔާވެއްޖެއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދެއްވި ގޮތުގައި، ނިޔާވީ، ރ. އުނގޫފާރަށް ނިސްބަތްވާ ލާންސްކޯޕްރަލް މުހައްމަދު ޒައިދާނެވެ.
މައުލޫމާތު ލިބޭ ގޮތުގައި، މިޔަރު ހަމަލާ ދީފައިވަނީ އޭނާގެ ފަލަމަސްގަނޑަށެވެ.
މި ހާދިސާގެ ތަފްސީލެއް އަދި ކަމާބެހޭ ފަރާތަކުން ހާމަ ކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް