ފުޅާ ދާއިރާއެއްގައި ވޭޕްގެ ވިޔަފާރި ހިންގާ ބިދޭސީއަކު ހައްޔަރު، އުޅެނީވެސް ގަވާއިދާ ހިލާފަށް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ފުޅާ ދާއިރާއެއްގައި ވޭޕްގެ ވިޔަފާރި ހިންގާ ބިދޭސީއަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ އިގްރޭޝަންގެ ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތްކޮށް އަދި ގަވާއިދާ ހިލާފަށް ވޭޕް ވިޔަފާރި ކުރަމުންދިޔަ ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ. މި މަހު 12 ވަނަ ދުވަހު ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނާއި ރެސްޕޯންސް އެންޑް ޕެޓްރޯލް ގުޅިގެން ހިންގި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސް އިމިގްރޭޝަނާ ހަވާލުކޮށްފައިވަނީ ޗައިއޮން، (34އ) ނަމަކަށް ކިޔާ މީހެކެވެ. އެއީ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހެކެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އޭނާ ދިރިއުޅޭ ތަން ބަލައިފާސްކުރިއިރު 959 ނެނޯ ސްޓިކާއި، 34 ފްލޭވާ އާއި، ޑިސްޕޯސަބަލް 11 ސްޓިކް ފެނިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް