ސުޕްރީމް ކޯޓުވެސް ޕްލާސްޓިކާއި ދުރަށް!
ދިވެހިރާާއްޖޭގެ ސުޕްރީމް ކޯޓުގެ ހުރިހާ މުވައްޒަފުން ޕްލާސްޓިކް ފެންފުޅި ބޭނުންކުރުން ހުއްޓާލައިފިއެވެ.
އެ ކޯޓުން މައުލޫމާތު ދޭގޮތުގައި ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމުގެ ޤައުމީ ކެމްޕެއިންގައި ބައިވެރިވުމުގެގޮތުން، 2019 ޖޫން 23 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ސިންގަލް ޔޫސް ޕްލާސްޓިކް ފުޅި ބޭނުންކުރުން ވަނީ ހުއްޓާލެވިފައެވެ.
ސިންގަލް ޔޫސް ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލުމުގެގޮތުން ސުޕްރީމް ކޯޓުގެ ހުރިހާ މުވައްޒަފުންނަށް ފެން އަޅާ ރީޔޫސަބަލް ބިއްލޫރި ފުޅި ވަނީ ޙަވާލުކުރެވިފައިކަމަށްވެސް އެ ކޯޓުން ބުންޏެެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ވެސް މިއަދުން ފެށިގެން ވަނީ ޕްލާސްޓިކް ފުޅި ބޭނުން ނުކުރާ ގޮތަށް ނިންމާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް