ހިސާން ހުސައިންގެ މައްޗަށް ކުޑަކުދިންތަކަކަށް އަނިޔާކުރިކަމުގެ ތުހުމަތުކޮށްފި
މީގެ އަހަރުތަކެއް ކުރިން އަލްއުސްތާޛާ ހިސާން ހުސައިންގެ ގޭގައިި ކިޔަވަންތިބި ބ.ތުޅާދޫގެ ކުދިންތަކަކަށް އަނިޔާކުރިކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ މި މައްސަލައާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް، މި މައްސަލަ ބަލައިިދިނުމަށް އެދި ފޮނުވި ކަމަށްބުނާ ސިޓީއެއް ސޯޝަލް މީޑިޔާގައި އާންމުވުމާއި ގުޅިގެންނެވެ. މި ސިޓީއަކީ ހަގީގީ ސިޓީއެއްތޯ ސާފުވާގޮތް ވަނީ ނުވެފައެވެ.
ރައީސް ސޯލިހަށް އަހުމަދު އަނަސް ނަމަކަށް ކިޔާ ފަރާތަކުން ފޮނުވި މި ސިޓީގައި ހިސާންގެ މައްޗަށްވަނީ ކުޑަކުދިންނަށް އަނިޔާ ކުރުމުގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ.
އެގޮތުން އެކުދިން އުޅެމުންދިޔަ ކޮޓަރިން ފެނާއި ކަރަންޓު ކަނޑާލައި, ކުދިން ނިދާފައި ތިބި ކޮޓަރީގެ ފެންލައިޓުން އެޅިގަލެއް ވެސް އެއްލިކަމަށް ބުނެފައިވެއެވެ. އަދި ފެނާއި ކަރަންޓު ކަނޑާލުމުން އެދުވަސްވަރު ގައިން ތާހިރުވީ ޕަބްލިކް އިސްކުރުތަކުން ހަންހަމުގައި ފެންގެނެސްގެންނާއި އުއްބަތި ދިއްލައިގެން ކަމަށް ސިޓީގައި ވެއެވެ.
މީގެ އިތުރުން ނިދާފައި ތިބި ކޮޓަރީގެ ތަޅު އެތަށް ފަހަރަކު ހިސާން ހަލާކުކޮށްލި ކަމަށް ވެސް ވަނީ ތުހުމަތުކޮށްފައެވެ.
ހިސާން ކުރެއްވި މިފަދަ އަމަލުތައް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ހިސާންގެ ބައްޕަ އައްޝައިހު ހުސެއިން ޔޫސުފަށް ކަމަށް މި ސިޓީގައި ބުނެފައިވެއެވެ. ވާގޮތުން ހިސާން ގެ ބައްޕަަ ވަނީ އެކަން އެގޮތަށް ނުކުރުމަށް ހިސާން އަަށް ނަސޭހަތްތެރިވީކަމަށް ބުނެފައިވެއެވެ.
ނަމަވެސް ބައްޕަގެ ނަސޭހަތް އަޑުނާހައި ހިސާން ވަނީ އޭނާގެ އިތުރުން ދެންތިބި ހަތަރު ކުރިން ގެއިން ނެރެ މަގުމަތި ކޮށްލާފައި ކަމަށް ވަނީ އެ ސިޓީގައި ބުނެފައެވެ. އެ ކުދންނަށް ހިސާން ކުރި އަނިޔާގެ މައްސަލަތަށް މީގެ ކުރިން އޭނާ ފުލުހަށް ވެސް ހުށައެޅި ކަމަށް ސިޓީގައި ވެއެވެ.
މި ތުހުމަތުތަކަށް ހިސާން ވަނީ އިންކާރުކުރައްވާފައެވެ. އަދި މިއީ އެދާއިރާއަށް އެމްއާރްއެމްގެ ފަރާތުން ވާދަކުރައްވާ އަލްއުސްތާޛު އިބްރާހިމް އަފީފްގެ ޓީމުން ދެއްކި ދޮގު ވާހަކަތަކެއްކަމަށް ބުނެފައެވެ. އަފީފްގެ ޓީމުގެ މި ވާހަކަތައް ތަހުގީގުކުރުމަށް ހިސާން ވަނީ ފުލުހުންނަށް ގޮވާލާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ހިސާން އަކީ މަޖިލިސް އިންތިޚާބުގައި ބ.ތުޅާދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ފަރާތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް