އަލީ އާރިފާއި ފަލާހް ވެސް ޕީޕީއެމްއިން ވަކިވެއްޖެ
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ދެ މެންބަރުން ކަމުގައިވާ އަލީ އާރިފާއި އިބްރާހިމް ފަލާހް ޕީޕީއެމުން ވަކިވެވަޑައިގަންނަވައިފިއެވެ.
ކެލާ ދާއިރާގެ ކުރީގެ މެންބަރު އާރިފާއި އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހު ޕީޕީއެމްއިން ވަކިވެ ވަޑައިގެންނެވިކަން ވޮއިސްއަށް ވަނީ ކަށަވަރުވެފައެވެ.
މީގެ އިތުރުން މިއަދުގެ ވަގުތެއްގައި ޕީއެންސީގެ ނައިބު ރައީސް އަހުމަދު ނިހާން ވަނީ އެޕާޓީންވެސް ވަކިވެ ވަޑައިގަންނަވާފައެވެ.
ފަލާހާއި އާރިފަކީ މީގެ ކުރިން ރައީސް ޔާމީންގެ ދިފާއުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި ދެ ބޭފުޅުންނެވެ. ނަމަވެސް ފަހަކަށް އައިސް އިދިކޮޅުގެ ހަރަކާތްތަކުން މި ދެ ބޭފުޅުންވެސް ފެނިފައެއް ނުވެއެވެ.
މައުލޫމާތު ލިބޭގޮތުގައި މިރޭގެ ވަގުތެއްގައި ޖުމްހޫރީ ޕާޓީއަށް ގިނަ ފަރާތްތަކެއް ގުޅުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް