ގެއްލުނު މަސް ދޯނި ރައްކާތެރިކަމާއެކު ކޮޅުފުއްޓަށް ވަދެއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ގެއްލުނު މަސް ދޯނި ރައްކާތެރިކަމާއެކު ކޮޅުފުއްޓަށް ވަދެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ މަހަށް ނިކުމެ އުޅުނު ދޯންޏެއް ގެއްލިގެން ރިޕޯޓް ކޮށްފައިވަނީ އިއްޔެ ކަމަށެވެ. ދޯނީގައި ހަތް މީހުން ތިއްބެވެ.
އެ ރިޕޯޓާއި ގުޅިގެން ދޯނި ހޯދުމުގެ މަސައްކަތް ވަގުތުން ފެށި އެވެ.
އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދި ތ.ވިލުފުށީ "ވިލުރޯދި" ރޭ ދަންވަރު 02:00 ހާއިރު، ސަލާމަތްތެރިކަމާ އެކު ދޯނި ކޮޅުފުއްޓަށަ ވަދެފައިވާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވާ ކަމަށެވެ.
އިއްޔެއާ ރޭ އަދި މިއަދުވެސް ރާއްޖޭގެ މޫސުން ގޯސްވެ ކަނޑުތައް ވަނީ ގަދަވެފަ އެވެ. ކަނޑު މަތީގެ ގިނަ ހާދިސާތަކެއް ހިނގާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
މޫސުން ގޯސްވެ ބޮޑު ބަޔަކަށް މިހާރު ވެސް އޮތީ ވައިޓްއެލާޓް ނެރެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް